ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލާ ބައްދަލުކޮށްފި
ޖަމްޢިއްޔަތުއްސަލަފުން، ކޮޅުމަޑުލު ދިޔަމިނގިލި ކައުންސިލާ ބައްދަލުކޮށްފިއެވެ. ރޭ، ޖަމްޢިއްޔަތުއްސަލަފުގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި ދިޔަމިގިލި ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މޫސާ، ނައިބުރައީސް އަލްފާޟިލް އަޙްމަދު ޒަހީންގެ އިތުރުން ސެކެޓްރީ ޖެނެރަލް އަލްފާޟިލް އާދަމް ޝަފީޤުއެވެ. ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އެ ޖަމްޢިއްޔާގެ ނައިބުރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއާއި ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން، އައްޝައިޚް މުޖުތަބާ ޙަމީދުގެ އިތުރުން، ޖަމްޢިއްޔާގެ…

