މި ރަމަޟާން މަހުވެސް ސަލަފުން ގެންދާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތް
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ގިނަ ޙަރަކާތްތަކެއް ވަނީ ފަށާފައެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވޭ ޙަރަކާތްތަކަކީ: 1- ސަލަފު ރޯދަ ހަދިޔާ: މިއީ ފާއިތުވި 1446ވަނަ އަހަރު ފެށުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން އެ މަސް ފެށެން ކައިރިވުމާއެކު ބޭއްވޭ ހަދިޔާ ދިނުމުގެ ބޮޑު އިވެންޓެކެވެ. ޖުމުލަ 101 އިނާމާއެކު ބޭއްވޭ މި އިވެންޓުގައި އަގުހުރި ތަފާތު އިނާމުތައް އިވެންޓަށް ޙާޟިރުވާފަރާތްތަކަށާއި…

