ޚާއްޞަ ދަރުސް “ފޭރާން” ހުޅުމާލެ ރުއްގަނޑު 3ގައި
ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީ ގުޅިގެން، ޢާންމުންނަށް ހުޅުވާލައިގެން ބާއްވާ ވަރަށް ޚާއްޞަ ދަރުހެއް ބޭއްވުމުގެ ޖަމްޢިއްޔަތުއްސަލަފުން ދަނީ ތައްޔާރުވަމުންނެވެ. ޖަމްޢިއްޔާގެ ސޯޝަލް މީޑިއާގައި މިހާރު ވަނީ އިސްތިހާރު ކުރަން ފަށާފައެވެ. 26 ޑިސެންބަރު 2025ވާ ހުކުރު ދުވަހުގެ ރޭ، ބޭއްވުމަށް ހަމަޖެހިފައިވާ މި ދަރުސްގެ މައުޟޫޢަކީ “ފޭރާން” އެވެ. އަދި މި ދަރުސް ދެއްވާނީ، ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރުއްގަނޑު 3 ގައެވެ.…

