އިސްލާމީ ސުކޫލުތަކާބެހޭ ކޮންފަރެންސެއްގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް
ގުލޯބަލް އެސޯސިއޭޝަން އޮފް އިސްލާމިކް ސްކޫލްސްގެ 4 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމަށް، ޖަމްޢިއްޔަތުއްސަލަފްގެ ވަފުދެއް ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ. ސްރީލަންކާގެ ކޮލަމްބޯގައި، މިއަދުން ފެށިގެން 8 އޮކްޓޯބަރުގެ ނިޔަލަށް ބާއްވާ މި މުހިއްމު ބައްދަލުވުމަށް ޖަމްޢިއްޔާގެ ފަރާތުން ވަޑައިގެންނެވީ، ޖަމްޢިއްޔާގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ. މީގެ އިތުރުން، ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރ އައްޝައިޚް ޙަސަން މޫސާ ފިކުރީއާއި، މަޝްވަރާ…

