މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް – ހުކުރު ޚުޠުބާ
މުސްލިމުން ވާންޖެހޭނީ، ބުނާ ބަހަކުން ނުވަތަ ކުރާ ޢަމަލަކުން ވިއަސް ސަވާބާއި ދަރުމަ ހޯދާ ބަޔަކަށް ކަމަށް ހުކުރު ޚުޠުބާގައި ނަސޭޙަތްތެރި ވެއްޖެއެވެ. “މުއުމިނުންގެ ބަސްމަގު” މި މަޢުޞޫއުއަށް ޚާއްޞަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި، ދޮގު ތެދު ބެލުމެއްނެތި، ހީއެއްގެ މައްޗަށް ބިނާކޮށް ވާހަކަ ފެތުރުމާއި އޭގެ ނުބައިކަން، އަދި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތަކާއި ބެހޭގޮތުން އަލިއަޅުވާލާފައިވެއެވެ. “މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއް ނުބަލައެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ،…

