މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް ޤަވާޢިދު އިޞްލާޙުކުރުމާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައިފި
ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުން ހެދުން އެޅުމާބެހޭ ޤަވާއިދަށް އިޞްލާޙުގެނެސް، މޫނުބުރުގާ އަޅައިގެން ވަޒީފާ އަދާކުރެވޭގޮތަށް ޤަވާޢިދު އިޞްލާޙު ކުރުމާގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށާއި، ސިވިލް ސާވިސް ކޮމިޝަނާއި އަދި އެކަމަށް ބާރުއަޅުއްވައި، މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ޝުކުރު އަދާކުރައްވައިފިއެވެ. ޝުކުރުއަދާކުރައްވައި، އިއްޔެ، އައްޝައިޚް އަޙްމަދު ސަމީރު، އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރައްވާ ޕޯސްޓުގައި، މި މާއްދާއަކީ، ކުރީގެ ސަރުކާރު ތަކުން ދަތިކުރަމުން…

