މަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ޣާފިލުވެފައި ހުރުމަކީ، މަރުގެ މުޞީބާތަށްވުރެ ބޮޑު މުޞީބާތެއް: އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު
މަރުގެ މުޞީބާތައްވުރެ ބޮޑުވެގެންވާ މުސީބާތަކީ އެމަރު އައިސް ތިބާއާއި ބައްދަލުކުރާނެ ކަމާމެދުގައި ތިމާ ޣާފިލުވެފައި ހުރުމުގެ މުސީބާތް ކަމުގައި ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ. “ލޯ މަރާލަންޖެހޭނޭ” މި ނަމުގައި ރޭ، އާޓިފިޝަލް ބީޗުގައި ބޭއްވި ދަރުހުގައި، ވާހަކަފުޅު ދައްކަވަމުން، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވީ، އަޅުގަނޑުމެންގެ ކުރިމަތީގައިވާ އެންމެ ބޮޑު ޔަޤީންކަމަކީ އަޅުގަނޑުމެންގެ ލޯ މަރާލަން ޖެހުން ކަމަށާއި، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކާއި ކަނޑައެޅިގެން ބައްދަލު ކުރާނެ ވަޤުތަކީ…

