އަމިއްލައަށް ރޭސިންގކާރެއް ތައްޔާރުކުރި ދަރިވަރަށް އައްޝައިޚް އަޙްމަދު ސަމީރުގެ މަރުޙަބާއާއި ތަޢުރީފު
އޯލެވެލް ނިންމައި އަމިއްލައަށް ރޭސިންގ ކާރެއް ތައްޔާރުކުރި ދަރިވަރަށް އައްޝައިޚް އަޙްމަދު ސަމީރު މަރުޙަބާ ވިދާޅުވެއްޖެއެވެ. ދަރިވަރަށް ތަޢުރީފު ވިދާޅުވެ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޖަމިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެފައިވަނީ، “އަޙްމަދު އައިޒަން އަމްޖަދަށް މަރުޙަބާއާއި އައްސަރިބަހާއި ސާބަސް، މިފަދަ އުފެއްދުންތެރި ޒުވާނުން އިތުރުވާންޖެހޭ” ކަމަށެވެ. އައްޝައިޚް އަޙްމަދު ސަމީރު ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ދަރިވަރުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ވަނަތަކުގައި ވާދަކުރާއިރު އަމިއްލައަށް…

