ދަރިވަރުން ފަރުވާތެރިކަމާއެކު ޤުރުއާނަށް ސަމާލުކަން ދިނުމަށް، އައްޝައިޚް އަޙްމަދު ސަމީރު އެދިވަޑައިގެންފި
ހުރިހާ ދަރިވަރުންވެސް ވަރަށް ފަރުވާތެރިކަމާއެކު ޤުރުއާނަށް ސަމާލުކަން ދިނުމަށް، އައްޝައިޚު އަޙްމަދު ސަމީރު އެދިވަޑައިގެންފިއެވެ. ޝައިޚު މިފަދައިން އެދިވަޑައިގެންފައިވަނީ، އއ. ރަސްދޫގައި މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދެވުނު، 30 ވަނަ އަރިއުތުރު ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ބައިވެރިވަޑައިގެން އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. “ހުރިހާ ކުދިންވެސް ބަރާބަރަށް ޤުރުއާން ކިޔަވައި، ޤުރުއާން ހިތުދަސްކޮށް، ޤުރުއާނާއެއްކޮށް ގިނަ ވަޤުތު ހޭދަކޮށް، ޤުރުއާން ކިޔަވަން އޮންނަ ގަޑި އެއީ…

