އައުޓާމިނަލުގައި ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސެވުމީ މިޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއް – އައްޝައިޚް އަޙްމަދު ސަމީރު
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭގޮތަށް، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވުމީ، މި ޤައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށްދެއްވުމަށް އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި ދެކޭކަމުގައި، ޖަމްޢިއްޔަތުއްސަލަފްގެ ނާއިބު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ޝައިޚު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރައްވާފައިވާ ޕޯސްޓްގެ ސްކުރީންޝޮޓަކާއެކު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއާޕޯޓުގައި ފަސްވަގުތު ބަންގީގެ…

