ބިގްމޭން ސުޕަރ ކަޕް 2025ގެ ޗެމްޕިއަންކަން ޓީމް ސަލަފުން ހޯދައިފި
ފަތިސް ލީގުން އިންތިޒާމް ކުރި “ބިގްމޭން ސުޕަރ ކަޕް 2025” ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޖަމްޢިއްޔަތުއްސަލަފްގެ ޓީމް ހޯދައިފިއެވެ. އެއްދުވަހުގެ މި މުބާރާތަކީ ފަތިސްލީގުން އިންތިޒާމް ކުރަމުން އަންނަ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ. މިއަދު ހެނދުނު 6:00 ގައި، ހުޅުމާލެ، ފޭސް2 ގެ އެޗް15 ފުޓްސަލް ދަނޑުގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ޖުމްލަ 10 ޓީމުން ބައިވެރިވެފައިވެއެވެ. މިއީ ދީނީ ކަންކަމަށް ލޯބިކުރާ އަޚުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކޮށް، އިސްލާމީ ގިއުގަނޑުގެ…