ޖަމްޢިއްޔަތުއް ސަލަފުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ބައްދަލުކޮށްފި
ޖަމްޢިއްޔަތުއް ސަލަފުން އިސްލާމީ ކަންތައްތަކާ ބެހޭވުޒާރާ އާއި ބައްދަލުކޮށްފިއެވެ. މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްއާއި، ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ އެހެން ބައެއް ބޭފުޅުން ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހު ޖަމްޢިއްޔަތުއް…