ނަޞޭޙަތްތެރިވީމާ އެއާދެކޮޅަށް ޖަދަލު ކުރުމަކީ ނުރައްކާތެރިކަމެއް؛ ޝައިޚް ފިކްރީ
މުޖްތަމަޢުގައި ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރު އެކަންކަމުން ދުރުވުމަށް ނަސޭޙަތްތެރިވީމާ އެއާ ދެކޮޅަށް ބައެއް ބޭފުޅުން ޖަދަލު ކުރަމުންދާ ކަމަށާއި އެގޮތަށ ޖަދަލު ކުރުމަކީ އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ. ދާރިސްޓީވީއިން މިއަދު ގެނެސްދިން ’29މިނެޓް’ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ފިކްރީ ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ އަޅުގަނޑުމެންނަށް އޮންނާނެ ފަޅިއަކީ ހަމައެކަނި ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވިގޮތްކަމަށާއި އެއްވެސް ޙާލަތެއްގަ މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކަށް ތިމަންނަ ރުހެމޭ ނުބުނެވޭނެކަމަށެވެ.…