ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލާކަށް ނޭނގޭނެ: ޝައިޚް ޢަބްދުއްސަލާމް
ސްކޫލުތަކުން ދަރިވަރުންނަށް ތުނބުޅި ބާލަން ނޭނގޭނެކަމަށާއި ސްކޫލަކުން ކުރާ އެފަދަ އަމުރަކަށް ދަރިވަރު ކިޔަމަންވާކަށްވެސް ނުޖެހޭނެކަމަށް އައްޝައިޚް ޢަބްދުއްސަލާމް ދާޥޫދު ވިދާޅުވެއްޖެއެވެ. ދާރިސްޓީވީއިން ރޭ ގެނެސްދިން ޢިލްމީ ޚަޒާނާގެ 550 ވަނަ ޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ތުނބުޅި ބޭލުމަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަމުރުފުޅާ ޚިލާފު ވާނެކަމެއްކަމަށާއި ތުނބުޅި ބާލަން އެނގުމަކީ އެއްވެސް ފަރާތަކުން ކުރެވޭނެ އަމުރެއް ނޫންކަމަށެވެ. ”އަޅުގަނޑުމެންގެ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގެ…