ވަގުތަށް ރައްކާތެރިވުން
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ދުވަސްތަކަކީ ޢުމުރުގެ ބައެކެވެ. އަދި ކަޑައްތުކުރަމުންދާ މަގުގެ މަރުޙަލާތަކެކެވެ. ޙަސަނުލް ބަޞްރީ رحمه الله ވިދާޅުވިއެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ދުވަސްތަކެއްކަމުގައި މެނުވީ ތިބާ ނުވެއެވެ. ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ބައެއް އެ ފާއިތުވީއެވެ.” [حلية الأولياء لأبي نعيم (2 / 148)] ދުވަހަކަށް ފަހު ދުވަހެއް ފަނާވެގެންދެއެވެ. ދުވަސްތައް ވޭތުވަމުންދާ ވަރަކަށް ޢުމުރު ހުސްވެއެވެ.…