ފުދުންތެރި ދިރިއުޅުމެއް ޚިޔާރު ކުރުން
ފާއިތުވެދިޔަ އަހަރުތަކުގައި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ، ކޮވިޑްގެ ޙާލަތާ ގުޅިގެން އެތައް ބަޔަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ވަޒީފާތަކާއި، ވިޔަފާރިތައް ބަންދުކުރަންޖެހުމުގެ ސަބަބުން ކުރިމަތިކުރުވި މާލީ ދަތިކަމެވެ. މިފަދަ ދަތި ދަނޑިވަޅުތަކުގައި އަޅުގަނޑުމެން، މުސްލިމުންގެ އީމާންކަމާއި ޢަޤީދާއަކީ ވަރަށް މުހިމުން ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ހަނދާންކުރަންވީ އެންމެ މުހިންމުކަމަކީ، ދުނިޔޭގައި ހިނގާ ކޮންމެ ކަމެއްވެސް ހިނގަނީ މާތް ﷲ ގެ މަތިވެރި ޙިކްމަތްވަންތަކަމުން ކަމެކެވެ. މިދުނިޔޭގައި ކުރިމަތިވާ ކޮންމެ ކަމަކީވެސް އެއިލާހުގެ…