ނަފްސު އިޞްލާޙު ކުރުން: ދެދުނިޔޭގެ ބާޖަވެރިކަން ލިބުމުގެ މަގު
އިހުގެ ދަންނަ ބޭކަލުންގެ ބަސްފުޅެއްގައިވެއެވެ. ނަފްސަކީ އަޅާއާއި ކީރިތި ވަންތަ ﷲ އާ ދެމެދުގައިވާ ފަރުދާއެކެވެ. އެ ފަރުދާ ހުރަސްކޮށްގެން މެނުވީ އޭނާއަށް އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށް ނުދެވޭނެތެވެ. މީސްތަކުގެ ނަފްސުތަކާއި އެމީހުންނާ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު ދެބައެއް ވެއެވެ. އެއީ؛ އެމީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގަންފައިވާ މީހާއެވެ. އެފަދަ މީހަކުވަނީ އޭނާގެ ނަފްސުގެ އަވައިގައި ޖެހި، އެނަފްސަށް ކިޔަމަންގަންނަ މީހަކު ކަމުގައެވެ. އަދި ނަފްސުގެ އެދުންތަކުގެ ސަބަބުން އޭނާ ނެތި ހަލާކުވެގެން…