ދީނުގައި އައިސްފައިވާ ގޮތަށް ތަބާވާށެވެ. ބިދުޢަ ނުހަދާށެވެ.
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ﷲ ތަޢާލާވަނީ އިސްލާމްދީން ފުރިހަމަކުރައްވާފައެވެ. ނަބިއްޔާ صلى الله عليه وسلم ގެންނަވާފައި ނުވާކަމެއް ދީނީ ކަމެއްގެ ގޮތުގައި ކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އެފަދަ ކަންކަމަކީ އެއީ ބިދުޢައެވެ. ބަހުގެ ގޮތުން ބިދުޢަ ޢަރަބި ބަހުގައި بدعة އަކީ: ދީނުގައި ވިޔަސް އަދި އެހެންކަންކަމުގައި ވިޔަސް އަލަށް އުފައްދާ ކަންކަމެވެ. [1] މީސްތަކުން އާދަކާދައިގެ ގޮތުގައި ކުރާ ކަންތައްތައް…