ތައުބާވުމަށް އެދެމޭ!
ތައުބާވުމަކީ، ކުރެވުނު ފާފައާމެދު ހިތާމަކޮށް، އަލުން އަނބުރާ އެފާފަ ނުކުރުމަށް އަޒުމު ކަނޑައަޅައި، ފާފަ ފުއްސަވައި ދެއްވާތޯ ދުޢާކުރުމެވެ. ތެދުވެރި ތައުބާއަކުން ތައުބާވުމަށް މާތް ﷲ ވަނީ އަމުރު ކުރައްވާފައެވެ. އަދި ފާފައަކަށް ކުރެވޭހިނދު، ތައުބާވެ ފާފަ ކުރުން ހުއްޓައިލުމުން، މާތް ﷲ އެ ފާފައެއް ފުއްސަވައިދެއްވާނޭކަމުގައި ކީރިތި ޤުރްއާންގައިވަނީ އަންގަވާފައެވެ. ނަމަވެސް ތައުބާވުފަހު، ހެޔޮ ކަމުގެ މަތީގައި ދެމިހުރުމަކީ އުނދަގޫކަމެކެވެ. އަދި ތައުބާވުމަކީވެސް ބައެއް ފަހަރު ވަރަށް އުނދަގޫކަމަކަށް ވެދެއެވެ. އަދި ހެޔޮ މަގުގައި ސާބިތުވެހުރުމަކީ…