ޖިންނި ޝައިޠާނުން އުޅޭ ތަންތަން
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ޖިންނީންގެ ޢާލަމަކީ އަޅުގަނޑުމެންގެ ލޯ މައްޗަށް ވަންހަނާވެގެންވާ ޢާލަމެކެވެ. އެސޮރުމެންގެ ޙަޤީޤީ ސޫރައިގައި އަޅުގަނޑުމެންނަކަށް ނުފެނެއެވެ. [1] އެހެންކަމުން ޝަރުޢީ ނައްޞުތަކުގައިވަނީ ޖިންނީންނާ ގުޅުންހުރި ބައެއް މުހިންމު ކަންތައްތައް އަޅުގަނޑުމެންނަށް އަންގަވާފައެވެ. އޭގެ ސަބަބުން ޖިންނީންގެ ތެރެއިންވާ ޝައިޠާނުންގެ އުނގަދޫތަކުން ރައްކާތެރިވުމަށް އިންސާނުންނަށް ފަސޭހަވެއެވެ. އިންސާނުންނަށް މިކަމުގައި އެންމެ ޞައްޙަ މަޢުލޫމާތުތައް ލިބިގެންދަނީ ކީރިތި ޤުރުއާނާއި ސުންނަތުގެ ޛަރީޢާއިންނެވެ. ފަހެ އިންސާނުންނަށް މަޢުލޫމާތު…