ބަލިތަކުން ރައްކާތެރިކޮށްދެއްވުމަށާއި ޝިފާ ދެއްވުމަށް އެދި ދުޢާކުރުން
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ބަލިވުމަކީ އާދަމުގެ ދަރިންގެ މައްޗަށް ﷲ ތަޢާލާ ލިޔުއްވާފައިވާ ކަމެކެވެ. އެއީ މުއުމިނު އަޅުންގެ ފާފަތައް ފުއްސެވުމަށް އެއިލާހު ލައްވާފައިވާ ސަބަބެއްވެސްމެއެވެ. ބަލިތަކަށް ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާ އެވެ. އިބްރާހީމް علية السلام ވިދާޅުވި ބަސްފުޅު ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ. ﴿وَإِذَا مَرِضْتُ فَهُوَ يَشْفِينِ﴾ [سورة الشعراء 80] މާނައީ: “އަދި ތިމަންކަލޭގެފާނު…