އިންސާނުންނަކީ މުދާ އެއްކޮށް ގިނަކުުރުމަށް ލޯބިކުރާ ބަޔެކެވެ. އަދި މުޖުތަމަޢުގައި ޝަރަފުވެރި މަޤާމުތަކާއި ދުނިޔޭގެ ޒީނަތައް ލޯބިކުރާ ބަޔެކެވެ. މިއީ އިންސާނުންގެ ޠަބީޢަތެވެ. ޙަޤީޤީ މުުއުމިނަކީ މިކަންތައްތަކުގެ މައްޗަަށް ބިރުވެތިވާ މީހާއެވެ. ކޮންމެ ވަގުތެއްގައިވެސް އޭނާ ދުނިޔޭގެ ހެއްލުމާއި ދަޅަތަކުގައި ޖެހި މަގުފުރެދިގެން ގޮސްފާނެކަމަށް ބިރުވެތިވާ މީހާއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ وَاللَّهُ عِندَهُ حُسْنُ الْمَآبِ ﴾[سورة آل عمران 14 ]
މާނައީ: “އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށް ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. ނަމަވެސް އެނބުރިދަނިވި ރިވެތިވެގެންވާ ތަންވަނީ ﷲ ގެ ޙަޟްރަތުގައެވެ.”
އިންސާނާގެ ހިތުގައި މުދަލަށާއި އަދި މަތީ މަޤާމުތަކަށް އޮންނަ ލޯބި ހައްދުން ނައްޓައިފިނަމަ؛ އޭނާ އެވަނީ ވަރަށްވެސް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން ކަށަވަރެވެ. އެހެނީ އެކަންތައްތައް ލިބުގަތުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން އޭނާ ޖެހިލުން ނުވާނެއެވެ. ދޮގު ހެދުމާއި ވައްކަން ކުރުމާއި އޮޅުވާލުމާއި މަކަރުހެދުމަކަށްވެސް ޖެހިލުން ނުވާނެއެވެ. އަދި ކިއެއްތަ؛ މީހެއްގެ ފުރާނަ ދުއްވާލާކަށްވެސް ޖެހިލުމެއް ނުވާނެއެވެ.
އެހެންވެ އިސްލާމް ދީނުގައިވަނީ މިކަަމަށް ހުށިޔާރުވެ ތިބުމަށް މުސްލިމުންނަށް އަންގަވާފައެވެ. އަދި މިކަމުގެ ސަބަބުން ކުރިމަތިވެދާނޭ ފަސާދައިގެ ބޮޑުކަން ބަޔާންކޮށް ދެއްވާފައެވެ. މާތް ނަބިއްޔާ صَلَى اللهُ عَلَيهِ وَسَلًّم ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.
عَنْ كَعْبِ بْنِ مَالِكٍ t، قَالَ: قاَلَ رَسُولُ اللَّهِ صَلَى اللهُ عَلَيهِ وَسَلًّم: مَاذِئْبَانِ جَائِعَانِ أُرْسِلاَ فِي غَنَمٍ بِأَفْسَدَ لَهَا مِنْ حِرْصِ الْمَرْءِ عَلَى الْمَالِ وَالشَّرَفِ لِدِينهِ”. (رَوَاهُ التِّرْمِذِيُّ، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ )
މާނައީ: ކަޢުބު ބުން މާލިކު رَضِيَ اللهُ عَنْهُ ގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَى اللهُ عَلَيهِ وَسَلًّم ޙަދީޘް ކުރެއްވިއެވެ. “ބަކަރިތަކެއްގެތެރެއަށް ބަނޑުހައިވެފައިވާ ދެ މިނިކާ ކުއްތާ ފޮނުވައިފިނަމަ، އެސޮރުމެން އެ ބަކަރިތަކަށް ގެއްލުންދޭ ވަރަށްވުރެ ބޮޑަށް، އާދަމުގެދަރިޔާ މުދަލަށާއި މަތީ މަޤާމުތަކަށް ދަހިވެތިވުމުން އޭނާގެ ދީނަށް ލިބޭގެއްލުން މާބޮޑުވެގެންވެއެވެ.
ނިމުނީ –