“ސަލަފް ރިޙްލާ 2026″ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރަކަށް ދާރިސް ޓީވީ ހަމަޖައްސައިފި
މިއަހަރުގެ ނޮވެމްބަރ 11 އިން 14އަށް ބ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސަލަފް ރިޙްލާ 2026″ގެ ބްރޯޑްކާސްޓިންގ ޕާރޓްނަރުގެ ގޮތުގައި ދާރިސް ޓީވީ ހަމަޖައްސައިފިއެވެ. ދަރުސްތަކާއި، ތަފާތު އެކި ޢުމުރުފުރާތަކަށް ޚާއްޞަ ވޯކްޝޮޕްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތަކާއި، ތަރުބަވީ އެކިއެކި ޙަރަކާތްތައް ހިމަނައިގެން މި ޖަމްޢިއްޔާއިން ބާއްވަމުންއަންނަ ސަލަފް ރިޙްލާއަކީ އަތޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ޙަރަކާތެވެ. އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ދީނީ ގޮތުން ހޭލުންތެރި…

