އިސްލާމީ ޔުނިވަރސިޓީއާ ޖަމްޢިއްޔަތުއްސަލަފް ގުޅިގެން ޙަދީޘް އިޖާޒާ ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާ ޖަމްޢިއްޔަތުއްސަލަފު ގުޅިގެން، ޙަދީޘް އިޖާޒާ ނުވަތަ ސަނަދު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ތަޤުރީރަކާއެކު ބޭއްވުނު މި ބައްދަލުވުމުގައި ޙަދީޘް އިޖާޒާ ދެއްވީ، މަދީނާ އިސްލާމީ ޔުނިވަރސިޓީން ޙަދީޘް ޢިލްމުން ޕީ.އެޗް.ޑީ ޙާޞިލްކުރައްވާފައިވާ ޑރ. މުޙައްމަދު ރާޒިޤު މުޙައްމަދު އަމްޖަދު ރާޒިޤުއެވެ. އިސްލާމީ ޔުނިވަރސިޓީގެ ޤުރުއާނާ ސުންނަތާ ބެހޭ ކުއްލިއްޔާއިން އިންތިޒާމު ކުރި މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިއަދު މެންދުރު 1:00 އިން 3:00 އަށް އެ ޔުނިވަރސިޓީ ހޯލުގައެވެ. އުސްތާޛުންނަށާ، ޝަރީޢާ…

