“ﷲ ކަނޑައަޅުއްވާފައިވާ “ޑްރެސްކޯޑް” އާ ޚިލާފަށް އެއްވެސް މީހަކަށް ޑްރެސްކޯޑެއް ނުހެދޭނެ!” – އައްޝައިޚް އަޙްމަދު ސަމީރު
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވާ ބައެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެންނަށް ޚާއްޞަ ޑްރެސްކޯޑެއް އެއިލާހު ކަނޑައަޅުއްވާ ދެއްވާފައިވާ ކަމަށާއި، އެ ޑްރެސްކޯޑާ ޚިލާފަށް، އެއްވެސް މުއައްސަސާއަކުން، އެއްވެސް އިދާރާއަކުންވެސް ޑްރެސްކޯޑެއް ނުހެދޭނެ ކަމަށް، ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ދާރިސްޓީވީ އިން، ރޭ ވަޤުތުން ކުރިއަށްގެންދިޔަ “ސުވާލަކީ ކޮބާ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޝައިޚް ވިދާޅުވެފައިވަނީ، “އަޅުގަނޑުމެން އިސްލާމުންގެ ޙައިސިއްޔަތުން، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އީމާންވާ ބައެއްގެ ޙައިސިއްޔަތުން، އަޅުގަނޑުމެންނަށް އެބައޮވޭ އިލާހީ…

