ސަލަފް ރިޙްލާ 2025- އެއްފަހަރާ ގިނަ ދަރުސްތަކެއް ބާއްވައިފި
އދ އަތޮޅުގައި ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިހާރު ކުރިއަށްގެންދާ “ސަލަފް ރިޙްލާ 2025” ގައި ގިނަ ދަރުސްތަކެއް އެއްވަގުތެއްގައި ބާއްވައިފިއެވެ. އެ އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ހުކުރު ދުވަހުގެ ރޭ ޖުމްލަ 8 ރަށެއްގައި މުޙިއްމު މަޢުޟޫތަކަކަށް ވަނީ ބޮޑު ދަރުސްތަކެއް ބޭއްވިފައެވެ. އެގޮތުން “ހެއްލިގެން ނުދާށޭ” މި މައުޟޫޢުއަށް 20:45 ގައި އދ ދަނގެތީގައި އ ޢަބްދުއްސަލާމް ދާވޫދު ދަރުސް ދެއްވާފައިވާއިރު “އުފާވެރި އާއިލާ” މި މައުޟޫޢުއަށް އޮމަދޫގައި އައްޝައިޚް އަޙްމަދު…

