ދީނީ އިމުގެ ތެރެއިން ޢީދުގެ އުފާ ފައުޅުކުރުމުގެ ފުރުޞަޠު ރައްޔިތުންނަށް ހޯއަދަވައިދެއްވުމަށް، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ގޮވާލައްވައިފި
ޝައިޚް މިފަދައިން ގޮވާލައްވާ، ނަޞޭޙަތްތެރިވެލައްވާފައިވަނީ، އއ. ހިމަންދޫގައި ރޭ ބޭއްވުނު “ފަހު ޢީދު” މި ނަމުގައި ކުރިއަށް ގެންދެވުނު ޚާއްޞަ ފޯރަމްގައެވެ. ޝައިޚުގެ ވާހަކަ ފުޅުގައި، ޢީދަކީ ކޮބައިކަމާއި، ﷲ سبحانه وتعلى ޢީދު ޝަރުޢުކުރެއްވި މަޤްޞަދު ވަރަށް ތަފްޞީލުކޮށް ބަޔާން ކޮށްދެއްވިއެވެ. އަދި ރާއްޖޭގައި ޢީދު ފާހަގަ ކުރުމަށް ޓަކައި ކުރެވެމުންދާ އިސްލާމްދީނާ ޚިލާފު މުންކަރާތްތަކުގެ މައްޗަށްވެސް ޝައިޚްގެ މި ފޯރަމްގައި އަލިއަޅުއްވާލެއްވިއެވެ. “އުފާކުރުމުގެ ގޮތުން ރަށްރަށަށް އެތައް ލައްކަ ރުފިޔާއެއް، އެތައް މިލިޔަން ރުފިޔާއެއް…