ޖަމްޢިއްޔާއާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، ޢަދަދު ނޫހަށް ސިޓީއެއް ފޮނުވައިފި
ޢަދަދު ނޫހުން އިއްޔެ ޝާއިޢު ކޮށްފައިވާ ލިޔުމެއްގައި، ޖަމްޢިއްޔަތުއްސަލަފާމެދު ބުހުތާނު ދޮގު ހަދާފައިވާތީ، އެކަން ސާބިތުކޮށްދިނުމަށް އެދި، އެ ނޫހަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. “ޑރ. މުޢިއްޒު އެވެ. ފުދިއްޖެއެވެ. އިސްތިއުފާދޭށެވެ.” މި މައުޟޫޢުގައި ލިޔެފައިވާ އާރޓިކަލްގައި “ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވުމުން އެ ގޮނޑިއަށް އައިސްދިނުމަށް މުއިއްޒު ގުޅި ސަލަފު ޖަމްއިއްޔާގެ މެންބަރުން ވެސް ދުނިޔޭގައި އެބަތިއްބެވެ.” މިއީ އެއްވެސް ޒިންމާދާރުކަމެއްނެތި، ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފަށް، އެ ނޫހުން ޝާއިޢު ކޮށްފައިވާ ބޮޑު ދޮގެއް ކަމުގައި…