ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލިސް އިފްތިތާޙުކޮށްފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. މި މަޖިލިސް އިފްތިތާޙުކޮށްދެއްވީ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިހާރު ކުރިއަށްދާ، މިޖަމްޢިއްޔާގެ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައެވެ. ޝަރަފުވެރި މެހެމާންގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، އިފްތިތާޙުކޮށްދެއްވި މި މަޖިލީހުގަ ޖުމްލަ 64 ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. ދުޢާތުންގެ މަޖިލިސް އިފްތިތާޙުކޮށްދެއްވުމަށްފަހު، ޝަރަފުވެރި މެހެމާން، ޑރ. އިސްމާޢީލް ޝަފީޢުވަނީ ބައިވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަމްޢިއްޔަތުއްސަލަފްގެ މަސައްކަތްތައް ފެށިގެން އައި އިރު މުޖުތަމަޢުގެ…