ޖަމްޢިއްޔަތުއްސަލަފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހިންގަމުންދާކަމަށް ޖަމްޢިއްޔާއިން ހާމަކޮށްފި
ޖަމްޢިއްޔަތުއްސަލަފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހިންގަމުންދާކަމަށް ޖަމްޢިއްޔާގެ ސެކްރެޓަރީ މުޙައްމަދު ޝުޖާޢު މިއަދު ހާމަކުރައްވައިފިއެވެ. މިކަމަށް އާންމުން ސަމާލުވުމަށް އޭނާ ގޮވާލައްވާފައިވެއެވެ. ޝުޖާޢު ވިދާޅުވިގޮތުގައި މިކަން ފުރަތަމަ ޖަމްޢިއްޔާގެ ސަމާލުކަމަށް އައީ “ސަލަފް ރޯދަ ހަދިޔާ” އިވެންޓު ފެށުނު ހިސާބުންނެވެ. އޭރުވެސް މިކަން ޖަމްޢިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ ޕޭޖްގައި ކޮމެންޓްކޮށް، ހަދިޔާ ލިބިފައިވާކަމަށް މީހުންނަށް ޓެގްކޮށް ހަދަމުންދަނީ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް…