ޖަމްޢިއްޔަތުއްސަލަފްގެ ތަފާތު އެކި ޕްރޮގްރާމްތައް މި ރަމަޟާންމަހުވެސް
ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުވެސް ރަމަޟާންމަހަށް ޚާއްޞަކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކޮންމެ ރަމަޟާންމަހަކުވެސް، ފުރުޤާން މިސްކިތުގައި ކުރިއަށްގެންދާ ސިލްސިލާ ދަރުސް ހިމެނެއެވެ. މިއީ ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގެ އަޞްރުނަމާދަށްފަހު، 30 މިނިޓަށް ކުރިއަށްގެންދެވޭ ޚާއްޞަ ސިލްސިލާ ދަރުސް ޕްރޮގްރާމެކެވެ. މިގޮތުން، މިއަހަރުގެ ރަމަޟާންމަހު ދަރުސްދިނުމަށް ހަމަޖެހިފައިވާ މައިގަނޑު މައުޟޫޢުއަކީ “ޙާދިސާ” އެވެ. މި މައުޟޫގެ ދަށުން ކީރިތި ޤުރްއާނުގެ އާޔަތްތަކާގުޅުން ހުރި ޙާދިސާތަކަށް،…