ބޮޑުބެރަކީ ޙަރާމް އެއްޗެއް؛ ޝައިޚް ޢަބްދުﷲ
ބޮޑުބެރު ޖެހުމަކީ ނުވަތަ ކުޅުމަކީ އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް އެއްޗެއްކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ. ދާރިސްޓީވީ އިން ރޭ ގެނެސްދިން ‘ސުވާލަކީ ކޮބާ’ ޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ ބޮޑުބެރަކީ އެއީ މިއުޒިކުގެ އާލަތެއްކަމަށާއި މިއުޒިކަކީ ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެއްކަމަށެވެ. “ބޮޑުބެރަކީ މިއުޒިކުގެ އާލަތްތަކުގެތެރެއިން އާލަތެއް. އެހެންވީމާ އެ އާލަތްތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދޫފުޅުމަތިން އެވަނީ ޙަރާމް އެއްޗެއްގެގޮތުގަ ކަނޑައެޅިފަ.” ޝައިޚް…