ހަމަ ހަލާކުވެއްޖެ
އައްޝައިޚް މުޖުތަބާ ޙަމީދު އެއީ ރޯދަމަހެކެވެ. މަދީނާގެ މަގުތަކުގައި މީސްތަކުން ހޭލަމޭލައަށް އުޅެމުންދެއެވެ. ކުއްލިއަކަށް ފެންނަ މަންޒަރަކީ މަދީނާގެ މަތިވެރި ޢަދުލުވެރި ދަރުބާރެވެ. ކައު ސާހިބާގެ މަތިވެރި މިސްކިތްކޮޅު ހިމެނޭ ސަރަޙައްދެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހަގައި އެކަލޭގެފާނުގެ ބައެއް ޞަހާބީން ތިއްބެވިއެވެ. އެބޭކަލުން ތިއްބެވީ އަދަބުވެރިކަމާ އެކުއެވެ. ކުއްލިއަކަށް މުޅި މާހައުލުގެ ހިމޭންކަން ގެއްލުވާލީ މާދުރުން އިންސާނެއްގެ ބާރު އަޑުންނެވެ. އެ އަޑު މަޑުމަޑުންކައިރިވަމުން ބާރުވަމުން އެބަ އާދެއެވެ. އެވަގުތު…