ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން އިންތިޒާމުކޮށްގެން15 އަހަރުން މަތީގެ ކަނބަލުންނަށް ޚާއްޞަ “ރޯދަ ކަނބަލުން 1446″ ގެ
ނަމުގައި ވޯކްޝޮޕެއް ބޭއްވުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިއީޖަމްޢިއްޔާގެ ފަރާތުން ކަނބަލުންނަށް ޚާއްޞަކޮށް ގެންދެވޭ ސިލްސިލާ ޕްރޮގްރާމް ‘ޖަވާހިރު”
ގެ ތެރެއިން ކުރިއަށް ގެންދެވޭ ވޯކްޝޮޕެކެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ ބަރަކާތާއި، ހެޔޮޘަވާބާއި ދަރުމަ ޙާޞިލުކޮށް، އެ މައްސަރުން ލިބެންވާ ތަރުބަވީ ހެޔޮ ފައިދާ
ލިބިގަނެވޭނީ އެ މައްސަރަށް ކުރިއާލައި ތައްޔާރުވެގެންނެވެ. ވިސްނުންތަކަކާއިރޭވުންތަކެއް ރާވައިގެންނެވެ. މިގޮތުން މި ވޯކްޝޮޕްގެ ތެރެއިން ރަމަޟާންމަހަށް
އިސްތިޤްބާލުކުރާނީ ކިހިނެއްކަމާއި، އެ މައްސަރުގެ މާތްކަމާއި މަތިވެރިކަންޙާޞިލުކުރެވޭނެ ގޮތްތަކާއި، މުސްލިމު ކަނބަލެއްގެ ހައިސިއްޔަތުން އެ މައްސަރުގައި އުޅުމާއިގުޅުން
ބަހައްޓަންޖެހޭނެ ގޮތްތައް އެނގިގެންދާނެއެވެ. އަދި ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެބަރަކާތް އެންމެ ފުރިހަމަގޮތުގައި ޙާޞިލުކުރެވޭނީ ކިހިނެއް ކަންކަން
އިންތިޒާމުކޮށްގެންކަން އެނގިގެން ދާނެއެވެ.
”ރޯދަ ކަނބަލުން 1446″ ވޯކްޝޮޕް ކުރިއަށްގެންގޮސް ދެއްވާނީ މައްކާގެ އުއްމުލްޤުރާ ޔުނިވަރސިޓީން ފުރަތަމަ ޑިގްރީއާއި
މާސްޓާރސް ޑިގްރީ ޙާޞިލުކުރައްވާފައިވާ، އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމީޔުނިވަރސިޓީން ޕީއެޗްޑީ ޙާޞިލުކުރައްވަމުން ގެންދަވާ އައްޝައިޚާ ޢާއިޝަތު
ރީމާއެވެ. ޝައިޚާ ވަނީ މީގެ ކުރިންވެސް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުންކަނބަލުންނަށް ޚާއްޞަކޮށް ކުރިއަށް ގެންދެވުނު އެކިއެކި ސެޝަންތައް ނަންގަވާ
ދެއްވާފައެވެ.
ޢިލްމީ، އަގުހުރި މި ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 22 ފެބްރުއަރީ 2025 ވާ ހޮނހިރުދުވަހު ގަލޮޅު
މަދަރުސާ ހޯލުގައި ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. ފުރަތަމަ ދަންފަޅިއޮންނާނީ އެ ދުވަހުގެ މެންދުރު 14:00 އިން 15:30 އަށް އަދި ދެވަނަ ދަންފަޅި
އޮންނާނީ އެ ދުވަހުގެ 16:00 އިން 18:00 އަށެވެ.
މި ވޯކްޝޮޕްގެ ޖާގައިގެ ޢަދަދަކީ 50 ޖާގައެވެ.މި ވޯކްޝޮޕްގައި ބައިވެރިވެޑައިގަންނަވަން ބޭނުންވާ ކަނބަލުން މި ފޯމު ފުރުއްވާލެއްވުމުން، ޖާގަހުރިވަރަކުންޖާގަ ދެވޭނެއެވެ. އަދި އެކަން ޖަމްޢިއްޔާގެ ފަރާތުން އަންގާނެއެވެ. މި ވޯކްޝޮޕްގައި
ބައިވެވަޑައިގަންނަވާ ބައިވެރިންގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާދައްކަންޖެހެއެވެ.
މި ވޯކްޝޮޕްގައި ވީހާވެސް ގިނަ ކަނބަލުން
ބައިވެރިވެ، ޢިލްމީ މަންފާ ހާޞިލުކުރުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށް ބޮޑުއެދުމެކެވެ. އަދި މިގޮތަށް ހިންގާ ތަފާތު ޕްރޮގްރާމްތަކަށް ކަނބަލުންގެ ބައިވެރިވުމަށާއި
ދެއްވާ އެއްބާރުލެއްވުން ޖަމްޢިއްޔާގެ ފަރާތުން ފާހަގަކޮށް، ޝުކުރު ދަންނަވަމެވެ.