ސެކިއުލެރިޒަމް ގެ ނުރައްކާތެރިކަން ދިވެހިރާއްޖެއަށް އޮތް މިންވަރު ދިރާސާކޮށް ޢިލްމީ ރިޕޯޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޖަމްޢިއްޔަތުއް ސަލަފުން ފުރުޞަތު ހުޅުވާލައިފިއެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ޢިއުލާން ނަންބަރު 1441/IN-001 ގައި ބުނާގޮތުން މި ދިރާސާގެ ބޭނުމަކީ ދިވެހިރާއްޖޭގެ އިސްތިޤްލާލް ނަގާލާ ފަރާތްތައް އުފެދިގެން އަންނަ ގޮތާއި، އެމީހުންގެ އެންމެހާ ޙަރަކާތްތަކާ އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނާއި ޚިލާފު އެފަދަ ނުރައްކާތެރި ޢަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުން އެކި ނަންނަމުގައި ހިންގާ އެންމެހާ ޙަރަކާތްތަކާއި ވޯކްޝޮޕްތަކާއި އަދި އޭގެ ސަބަބުން އުފެދޭ ނުބައި އަސަރުތައް ޢިލްމީގޮތެއްގައި ދިރާސާކޮށް، ކަމާއިބެހޭ ރިޕޯޓެއް އެކުލަވާލުމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޢިއުލާން ޑައުންލޯޑް ކުރައްވާ.