ޖަމްޢިއްޔަތުއްސަލަފުން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ”ޢަލީ ރަމީޒާއެކު“ ގެ އިތުރު ބައްދަލުވުމެއް މިފަހްތާގެ ބުރާސްފަތި ދުވަހުގެ (މާދަމާ ރޭ) ނޮޅިވަރަމު ޒުވާނުންނާއި އެކު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
އެ ރަށުގައި މި ބައްދަލވުން ކުރިޔަށް ގެންދަނީ އެރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްކަމަށްވާ ޖަމްޢިއްޔަތުއްރިސާލާއާއި ސަލަފާއި ގުޅިގެންނެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ވާހަކަ ދައްކަވާނީ ސަލަފުގެ އޮޕަރޭޝަން މެނޭޖަރ އަލްއަޚް ޢަލީ ރަމީޒެވެ. ޒުވާނުންނާއި ގުޅޭގޮތަށް ޢަލީ ރަމީޒުގެ ތަޖުރިބާތައް މި ބައްދަލުވުމުގައި ޙިއްޞާކުރެވޭނެއެވެ. އަދި މީގެ އިތުރުން ދީނީގޮތުން ޒުވާނުންގެ ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަލަފުގެ ޢިލްމުވެރިންގެ މަޖްލީހުގެ ފަރާތުން ޢިލްމުވެރިޔަކުވެސް މި ބައްދަލުވުމުގައި ބައިވެރިވާނެއެވެ.
”މިހާރު ކޮވިޑު ދުވަސްވަރުވީމާ އޮންލައިންކޮށް މިގެންދަނީ، މިހާރު މިފަދަ 3 ޝެޝަން ބޭއްވިއްޖެ ކޮވިޑް ފެތުރެން ފެށިފަހުންވެސް. އާއްމުކޮށް ކޮންމެ މަހަކުވެސް ގިނަވެގެން ދެ ޝެޝަން ކުރިއަށް ގެންދަން ރާވާފައިވަނީ. މިހާރު މި އިވެންޓު ޑިސެމްބަރ ހަމައަށް އަޞްލު ފުލްވެފައި މިވަނީ. މާނައަކީ މިހާރުވެސް ހަތަރު ރަށަކުން ރިކުއެސްޓު ލިބިފައި އެބައޮތް.“ މި ބައްދަލުވުމާއިބެހޭ އިތުރު މަޢުލޫމާތު ދެންވަމުން މި އިންވެޓުގެ އިންތިޒާމުކުރުމުގައި ޙަރަކާތްތެރިވާ ސަލަފުގެ އޮފިޝަލަކު ވިދާޅުވިއެވެ.