ޖަމްޢިއްޔަތުއްސަލަފާއި ނ. މަނަދޫގެ މަދަނީ ޖަމްޢިއްޔާއެއްކަމުގައިވާ ސްމާރޓް ސޮސައިޓީ ގުޅިގެން ސިލްސިލާ ދަރުސް ކުލާސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ.
ދެ ހަފްތާއިން އެއް ހަފްތާގައި ކުރިއަށްގެންދާ މި ދަރުސްތައް އޮންނާނީ މަޣްރިބު ނަމާދަށްފަހު މަސްޖިދުލް އަމާންގައެވެ. މި ކުލާސްތަކުގައި ކިޔަވައިދެއްވާނީ އައްޝައިޚް ޢަބުދުﷲ އާމިރުއެވެ.
40ޙަދީޡްގެ ޝަރަހަ ކިޔަވައިދޭ މި ދަރުސްތައް ސްމާރޓް ސޮސައިޓީގެ ފޭސްބުކް ޕޭޖް އިން ލައިވް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.
މި ސިލްސިލާގެ ފުރަތަމަ ދަރުސް 26 ފެބްރުވަރީ 2021ވާ ހުކުރުދުވަހުގެ މަޣްރިބް ނަމާދަށްފަހު އިންޝާﷲ އޮންނާނެ އެވެ.
