ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިރޭ ބޭއްވުމަށް އިންތިޒާމުކުރަމުން އައި “ސަލަފު ރޯދަ ހަދިޔާ 1446” ޙަރަކާތް މޫސުން ތަންނުދިނުމުގެ ސަބަބުން ވަނީ ފަސްކުރެވިފައެވެ.
ސަލަފުގެ ފަރާތުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ މި ޙަރަކާތް އޮންނާނެ ތާރީޚެއް ފަހުން އިޢުލާނު ކުރެވޭނެއެވެ. إن شاء الله
ކުރިއަށް މި އޮތް ބަރަކާތްތެރި ރަމަޟާންމަހުގެ ބަރަކާތާއި ދަރުމަ ޙާޞިލުކުރުމަށް ޢަޒުމާއި ހިތްވަރާއެކު މަސައްކަތްކުރުމަށް އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ވަޞިއްޔަތް ކުރަމެވެ.
މާތް ﷲ އަޅަމެންނަށް ތައުފީޤު މިންވަރުކުރައްވައި، އަޅަމެން ކުރާ ހެޔޮކަންކަން ޤަބޫލުކުރައްވައި، އަޅަމެންނަށް ކުރެވޭ ފާފަތަކަށް ފުއްސެވުން ދެއްވާށިއެވެ!