ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ “ސަލަފު ރޯދަ ހަދިޔާ” ޙަރަކާތުގައި “ސަލަފުއްޞާލިޙުންގެ ރޯދަ” ގެ ނަމުގައި ޚާއްޞަ ފޯރަމެއް ކުރިއަށް ދާނެއެވެ. މި ފޯރަމުގައި މަޢުލޫމާތު ދެއްވުމުގެގޮތުން ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚު އަޙްމަދު ސަމީރާއި އައްޝައިޚް ޢަބުދުއްސަލާމް ދާވޫދާއި އައްޝައިޚް މުޖުތަބާ ޙަމީދެވެ.
މި ފޯރަމުގައި ޞަލަފުއްޞާލިޙުންގެ ބޭކަލުން ރޯދަ ހިއްޕެވުމުގައި ޢަމަލުތައް ކުރައްވާފައިވާ ގޮތާއި، ރަމަޟާންމަހުގެ ބަރަކާތާއި ދަރުމަ ހޯދުމަށްޓަކައި އެބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލެވޭނެއެވެ. އެބޭކަލުން ރަމަޟާންމަހުގެ ރޭތަކާއި ދުވާލުގެ ވަގުތުތައް ހޭދަކުރައްވާފައިވާ ގޮތް އެނގުމަކީ އެކަމުގެ ސަބަބުން ހެޔޮކަންތަކަށް ލޯބިޖެހި، ހެޔޮކަންކަން ކުރުމަށް ޝައުގުވެރިވާނެ ކަމެކެވެ.
ރޯދަމަހާގުޅޭ މި ޚާއްޞަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ސަލަފުގެ ރޯދަ ހަދިޔާ” ޙަރަކާތުގައެވެ. މި ޙަރަކާތަށް ހާޒިރުވާ ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި 101 ހަދިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޚާއްޞަ ޙަރަކާތަށް ވީހާވެސް ގިނަ އަޚުންނާއި އުޚުތުން ވަޑައިގަތުމަކީ ޖަމްޢިއްޔަތުއްސަލަފުގެ ވަރަށްބޮޑު އެދުމެކެވެ.