ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ. މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައްދަލުވުން އިފްތިތާޙުކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ބައްދަލުވުން އިފްތިތާޙުކޮށްދެއްވައި، ޝަރަފުވެރިމެހެމާން، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުމަށް ދަޢުވަތު ދެއްވީތީ ޖަމްޢިއްޔަތުއްސަލަފްގެ އިސްވެރީންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފް މި…

